މަރަދޫފޭދޫގައި ދެބައިންގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި ކޮއްކޮއަކު ބޭބެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އޭނަގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި ހިނގި ކޯޅުމަކަށް ފަހު، ކޮއްކޮ ބޭބެގެ ގަޔަށް ވެޅި ހެރީ ގެ ކައިިރީ މަގުމަތީގައި ހުއްޓަ އެވެ. އަދި މިކަމެއް ހިނގާފައ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ވެސް އެނގިފައިވެ އެވެ
މި ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަނަށް ދިން ހަމަލާއާ ގުޅިގެން އޭނަ ލައިގެން އިން ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފަ އެވެ.
އޭނަ އަށް ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް އެވެ.