މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަސް ދަތުރުގެ ހިދުމަތް ދިނުމާ އެކީ މާލެ އާއި ހުޅުމާލެ އަށް ކުއްޔަށް ބަސް ހިފަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކައުންސިލުން ވަނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އުސޫލެއް ވެސް އެކުލަވާއި މިދިޔަ މާޗް މަހުގެ 1 ގައި އާންމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން ކައުންސިލް ނޫން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ދަތުރުކުރަން ބޭނުންވާ ނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް 150ރ. އަށް ދަތުރުކޮށް ދޭނެ އެވެ. އަދި ދެކޮޅު ދަތުރެއް ނަމަ 300ރ. އަށް ދަތުރުކޮށް ދޭނެ އެވެ.
މީގެ އިތުރުން އެހެން އިދާރާއެއްގެ މުވައްޒަފުންނަށް މަސް ދުވަހުގެ މުއްދަތަށް 9،000ރ. އަށް އެ އޮފީހަކުން ބޭނުންވާ މުވައްޒަފުންގެ ދެކޮޅު ދަތުރު ހަމަޖައްސައި ދޭނެ އެވެ. ދަތުރަކަށް ވަކިން ބަސް ކުއްޔަށް ހިފާ ނަމަ ރޭޓަކީ 300.ރ. އެވެ. އަދި އެފަދަ ދަތުރުތަކުގައި އެއްގަޑި އިރަށް މަޑުކުރާ ނަމަ އިތުރު 100ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން ރޭގަނޑު 12:00 ގެ ފަހުން ދަތުރެއް ކުރާ ނަމަ ދަތުރެއްކޮށް ދޭނީ 600ރ. އަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޚާއްޞަކޮށް ހުޅުމާލެ އާއި މާލޭގައި ބަހުގެ ޚިދުމަތް މާދަމާ 01 ޖޫން 2023 ގައި ފަށަނީ. pic.twitter.com/FTzWSC0UlT
— Malé City Council (@MaleCitymv) May 31, 2023
ކައުންސިލުން ބުނީ ސިޓީ ކައުންސިލްގެ މުވައްޒަފުނަށް ބަހުގައި ދަތުރު ކުރެވޭނީ ބަސްކާޑު އޮވެގެން ކަމަށެވެ. އަދި އެހެން އިދާރާއަކުން ބަސް ކުއްޔަށް ހިފާ ނަމަ އެ އިދާރާއަކުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ބަސް ކާޑު އެ މުއްދަތަކަށް ދޫކުރެވޭނެ އެވެ.
އެއްވެސް އަގަކާ ނުލައި އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ މީހުންނާއި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ
މާލެ ސިޓީ ކައުންސިލުން ބަހުގެ ހިދުމަތަށް ހުޅުވާލި އިރު، އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މުޅި މާލެ ސަރަހައްދު ކަވަރުވާ ގޮތަށް އަންނަނީ ބަހުގެ ހިދުމަތް ދެމުންނެވެ.
ކައުންސިލުން އަންނަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުންނެވެ.