Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

15 މީހުންނާއެކު ދަތުރުކުރި ބޯޓެއް އަޑިއަށް

ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް ހިންގައްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ 15 މީހުންނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މި ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށް އޭދަފުއްޓަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އަދި ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.