Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. އެގޮތުން މާލޭގެ އެންމެ ބޮޑު ދެ ޕާކް ކަމަށްވާ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ވަނީ ފާސްކޮށްފަ އެވެ.

ކައުންސިލުން ބުނީ އަގުތައް ނަގަން ފަށާނީ މި މަހުގެ 15 އިން ފެށިގެން ކަމަށާއި ނަގާނެ އަގުތައް ވަރަށް އަވަހަށް ކަނޑައަޅައި އާންމު ކުރާނެ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމުގައި ދެ މިންގަނޑެއް ގެންގުޅޭނެ އެވެ. އެއީ ބިދޭސީ މަސައްކަތްތެރިންނާއި މާލެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނެވެ.