Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހައި ސްކޫލުގެ 55 ދަރިވަރަކު އޭ ލެވެލް ގަދަ 10 ގައި

އައްޑޫ ހައިސްކޫލުގެ އޭ ލެވެލް ސަކްސެސް ސެލެބްރޭޝަން

މަތީ ސާނަވީ އިމްތިހާނުގައި އައްޑޫ ހައި ސްކޫލުން ބައިވެރިވި ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ޤައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެއެވެ.

ރޭ ބޭއްވި މަތީ ސާނަވީ އިމްތިހާނުގެ އަރުތަވެރިންގެ ޖަލްސާގައި، އިމްތިހާނުގެ މާއްދާތަކުން މަތީ ވަނަތައް ހޯދި ދަރިވަރުންނާއި ރާއްޖޭގެ އިމްތިހާނުގެ ގަދަ ދިހައެއް ހޮވާފައެވެ. މިގޮތުން އައްޑޫ ހައި ސްކޫލުން އޭ ލެވެލްގައި އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރި ކުދިންގެ ތެރެއިން ދެބައި ކުޅަ އެއްބައި ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ. އެގޮތުން ރޭ ޖަލްސާގައި އެ ސްކޫލުގެ 55 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނިގެން ވަނީ އިނާމް ލިބިފައެވެ.

މީގެ އިތުރުން ސްކޫލުގެ ދެ ދަރިވަރަކު ވަނީ ދުނިޔޭގެ ރޭންކިންގައި ވެސް ހިމެނިފައެވެ. އެއީ ބައިލޮޖީ މާއްދާއިން ދުނިޔޭގެ 2 ވަނަ ހޯދި ފަތިމަތު ނަބާހާ ހުސެއިންއާއި އެކައުންޓް މާއްދާއިން ދުނިޔޭގެ ރޭންކިންގެ 3 ވަނަ ހޯދި އަހުމަދު ޒަޔާން މުހައްމަދެވެ. މި ދެކުދިން ވަނީ ޕިއާސަން އައުޓް ސްޓޭޑިންގް ލާނަރ އެވޯޑު ހާސިލުކޮށްފައެވެ.

މިރަސްމީއްޔާތުގައި އައްޑޫ ހައި ސްކޫލުގެ 4 ދަރިވަރަކު ވަނީ އޭ ލެވެލް 3 މާއްދާއިން އޭ ސްޓާރ ހޯދައި ޕިއާސަން އެކްސެލެންސް އެވޯޑު ހޯދާފައެވެ. އެކުދިންނަކީ ދުނިޔޭގެ ރޭންކިންގައި ހިމެނުނު ނަބާހާ އަދި ޒަޔާންގެ އިތުރުން ފަތިމަތު ހަމްދާ ނަސީރު އަދި ނުއެއިމާ ނަސީމްއެވެ.

އައްޑޫ ހައި ސްކޫލަކީ އައްޑޫގައި މަތީ ސާނަވީއަށް އައްޑޫގެ ހުރިހާ އަވަށަކުންވެސް ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.