Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފިއްލަދޫ ގެއެއްގައި ރޯވެ އެއްކޮށް އަނދައިފި

ފޮޓޯ: އެންޑީއެމްއޭ

ހއ. ފިއްލަދޫ ގެއެއްގައި ރޭ އަލިފާން ރޯވެ މުޅިގެ އެއްކޮށް އަނދައިފިއެވެ.

އަލިފާން ރޯވެ ދިރިނޫޅެވޭވަރަށް އަނދާފައިވަނީ ހއ. ފިއްލަދޫ ހިތަށްފިނިވާގޭގައެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައިވަނީ ހއ. ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ދިިރިނޫޅެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ގޭގައި ދިރިއުޅޭ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް އެރަށުގެ ކައުންސިލް އިދާރާއާއި ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

ފޮޓޯ: އެންޑީއެމްއޭ

މި އާއިލާ މި ވަގުތު ތިބީ އެރަށުގެ ކައުންސިލް އިދާރާގެ ބެލެމުގެ ދަށުން ވަގުތީ ހިޔަލުގައި ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.