Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން ފައިސާގެ އިނާމު

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އައު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 5،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ އެވެ.

ބީއެމްއެލް އިން ބުނީ ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް ގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެ ކަމަށެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވަރ އެކައުންޓަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 10 ޖުލައިގެ ނިޔަލަށެވެ.