ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިހާތަނަށް ހުޅުވާ އެންމެ ބޮޑު ހަރުގެ އައްޑޫގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
މި ހަރުގެ އަކީ ކުރިން ވެސް އެމްޑީޕީގެ ހަރަކާތްތަކެއް ހިތަދޫގައި ހިންގަމުން އައި މެދުދާއިރާގެ ހަރުގެ އެވެ. ހިތަދޫ ލިންކް ރޯޑްގައި މި ހަރުގެ ހުންނަނީ މަޝްހޫރު "ސުވާދިވް" ރެސްޓޯރަންޓް ކައިރީގަ އެވެ.
މުޅި ރާއްޖޭގައި އެމްޑީޕީ 💛⚖️
ދިވެހިރާއްޖޭގައި މިވަގުތު ހުރި @MDPSecretariat އެންމެ ބޮޑު ހަރުގެ ތައްޔާރު ވެ މި ނިމެނީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގައި.#MDP2023 #Ibu2023 pic.twitter.com/GNnRBhzB2d
— 𝓐𝔃𝓶𝓮𝓮𝓷 (@neemza_87) June 1, 2023
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވެސް ހާއްސަކޮށްގެން މި ހަރުގޭގެ އެތެރެ ބޭރު ވެސް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، ކުލައި ރީތިކޮށްފައިވެ އެވެ. މި ހަރުގެ އަކީ ޖާގައިގެ ގޮތުން އެމްޑީޕީގެ އެންމެ ބޮޑު ހަރުގެ އެވެ.
ރާއްޖޭގެ އެމެބޮޑު ސިޔާސީ ޕާޓީގަ މިހާތަނަށް ހަދޭ އެންމެ ބޮޑު ޖަގަޖހަ ހެދުމުގެ މަސައްކަތާއި @MDPSecretariatގެ ރިޔާސީ ކެންޑި، މިރާއްޖޭގެ ތަރައްގީގެ ބާނީ، ރައީސް @ibusolihއަށް މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން.#MDP2023 #VoteThilafathah@teamibuofficial⚖️ pic.twitter.com/FrOBVxvR9y
— Team IbuSolih, Addu City (@teamibuofficial) June 1, 2023
މިތަން ޒީނަތްތެރިކޮށް އެތަން ރަސްމީކޮށް ހުޅުވަން އެމްޑީޕީގެ ހިތަދޫ މެދު ދާއިރާ އިން ތައްޔާރުވަމުން އަންނަ އިރު، މާދަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ. އަދި މި ހަރުގެ އަށް ޒިޔާރަތް ކުރައްވައި ޕާޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައި ޕާޓީގެ މެމްބަރުން މިހާރު އަންނަނީ ރައީސް ދެވަނަ ދައުރަކަށް ހޮވަން ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.