Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ ބޮޑު އިވެންޓެއް 17 ގައި

މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ނެޓްފްލިކްސް އަށް އަންނަން ހުރި ޕްރޮޖެކްޓްތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން މި މަހުގެ 17 ގައި ބޮޑު އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

މަޝްހޫރު ގިނަ ތަރިންތަކަކާ ވެސް އެކީ "ޓުޑުމް" ގެ ނަމުގައި ބާއްވާ އިވެންޓް އޮންނާނީ ބްރެޒިލްގަ އެވެ. މި އިވެންޓާ ގުޅޭ ޕްރޮމޯއެއް ވެސް ނެޓްފްލިކްސް އިން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއިން ފެންނަ ތަރިންތަކުގެ ތެރޭގައި އާނޯލްޑް ޝްވެޒްނެގާ އާއި ގަލް ގެޑޯ އާއި ކްރިސް ހެމްސްވޯތާއި އިންޑިއާގެ ބަތަލާ އާލިއާ ބަޓް ވެސް ހިމެނެ އެވެ.

އާލިއާ އަކީ ނެޓްފްލިކްސް އިން ގެނެސްދޭން އުޅޭ ފިލްމު "ހާޓް އޮފް ސްޓޯން" ގެ އެއް ބަތަލާ އެވެ. އޭގެ ކާސްޓްގައި ގަލް ވެސް ހިމެނެ އެވެ.

ނެޓްފްލިކްސްގެ މި އިވެންޓްގައި އިންޑިއާގެ ފިލްމު "ދި އާޗީސް" ގެނެސްދޭ ތާރީހު ވެސް އިއުލާން ކުރާނެ އެވެ. ޒޯޔާ އަހްތަރު ޑައިރެކްޓްކުރި އެ ފިލްމަކީ ޝާހްރުކްގެ ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކްޓިން އަށް ތައާރަފުވާ ފިލްމެވެ.