Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މި އަހަރުގެ ޓޫޒިޒަމް އެވޯޑަށް ހުޅުވާލައިފި

މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް އަށް ކުރިމަތިލާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިއީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް 50 އަހަރު ފުރުމާ ގުޅިގެން ތައާރަަފުކުރި އެވޯޑެކެވެ. އެގޮތުން މިދިޔަ އަހަރު 27 ފަރާތަކަށް އެވޯޑް ދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ޓޫރިޒަމް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

މިއަހަރުގެ އެވޯޑްސް އަށް ހުޅުވާލި އިރު، އާ ކެޓަގަރީއެއް ވެސް ތައާރަފުކޮށްފައިވެ އެވެ. އެއީ ގައި "ޓޫރިޒަމް ޕްރޮޕެޝަނަލް އެވޯޑް" ނަމުގައި ތައާރަފުކުރި އެވޯޑެވެ.

މި އަހަރު 5 ދާއިރާއަކުން ޖުމްލަ 59 އެވޯޑެއް ދޭން ހަމަޖެހިފައިވެ އެވެ.

އެވޯޑަށް ހުޅުވާލާފައިވާ ދާއިރާތަކަކީ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ގެސްޓްހައުސް އެންޑް ޓޫރިސްޓް ހޮޓެލްސް، ޓޫރިސްޓް ވެޒަލް،
އެހެނިހެން ފެސިލިޓީތައް (ޓްރެވެލް އެޖެންސީ، ޑައިވް ސެންޓަރު އަދި ވޯޓަ ސްޕޯޓްސް) އަދި އެވޯޑް ޓޫރިޒަމް ޕާސަނަލިޓީ/ ޕްރޮޕެޝަނަލްސް އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެވޯޑްތައް ދޭނީ މިދިޔަ އަހަރުގެ ޖޫން 1 އިން ފެށިގެން މިދިޔަ 31 ގެ ނިޔަލަށް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން އެވޯޑް ލިބޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދާ ތަންތަނަށެވެ. އެވޯޑް ދޭ އިރު އިސް މަގާމުތަކުގައި ދިވެހިންނަށް ތިބި ނިސްބަތް ބަލައި މާކް އިތުރު ކުރެވޭނެ އެވެ.

މި އަހަރުގެ އެވޯޑް ހަފުލާ ވެސް ބާއްވަނީ ގައުމީ ޓޫރިޒަމް ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮކްޓޯބަރު 3 ގަ އެވެ.