ޖޯޑަންގައި އިއްޔެ ވަރަށް ކުލަގަދަކޮށް ޝާހީ ކައިވެނީގެ ހަފުލާއެއް ބާއްވައިފި އެވެ.
މި ހަފުލާ އަކީ ޖޯޑަންގެ ރަސްގެފާނާއި ރާނީ ރާނިއާގެ ދަރިކަލުން ވަލީއަހުދު ހުސައިން ބިން އަލްދުﷲ ދޭއް، 28، ގެ ކައިވެންޏެވެ. ދުނިޔޭގެ އެކި ގައުމުތަކުން ނުފޫޒު ގަދަ 140 އެއްހާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ހުސައިން ކައިވެނި ބައްލަވައިގަތީ ސައުދީ އަރަބިއްޔާގެ ކަނބަލަކާ އެވެ.
އެއީ ސައުދީގެ މިހާރުގެ ވަލީއަހުދު ސަލްމާން ބިން މުހައްމަދު މަންމަފުޅާ ފަރާތު އާއިލާ އަށް ނިސްބަތްވާ ރަޖްވާ އަލްސީފެވެ. އުމުރުން 29 އަހަރުގެ ރަޖްވާ އަކީ އެމެރިކާގެ ނިއު ޔޯކްގެ ސައިރަކިއުސް ޔުނިވަސީން ތައުލީމު ހާސިލުކުރައްވާފައިވާ އާކިޓެކެވެ. އެ ކަމަނާގެ އާއިލާ އަކީ ސައުދީގެ ވަރަށް ނުފޫޒު ގަދަ ވިޔަފާރި އާއިލާއެއް ވެސް މެ އެވެ.
ހުސައިން ބިން އަބްދުﷲ އާއި ރަޖްވާގެ ކައިވެނީގެ ހަފުލާ އޮތީ ޖޯޑަންގެ ވެރިރަށް އައްމާންގެ ތާރީހާ ގަނޑުވަރެއް ކަމަށްވާ ޒަހްރާން ޕެލަސްގަ އެވެ.
އަބްދުﷲ އާއި ރާނިއާގެ ތިއްބަވަނީ ހަތަރު ބޭފުޅުންނެވެ.