ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފޮޓޯ އާއި ވަނަވަރު މީސްމީޑިއާގައި އާންމުކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ކަރެކްޝަންސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފޮޓޯ އާއި ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށް، ސައްހަ ނޫން ތުހުމަތުތަކާ އެކީ އާންމު ކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މުވައްޒަފުން ބަދުނާމުވާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރު ދައްކައި އިންޒާރު ދެމުން ދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެހެންވެ މިފަދަ ކަންކަމާ ހެދި އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި، ވާޖިބު އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެފަދަ އަމަލު ތަކުގެ ސަބަބުން ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަ ށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
އެތަނުން ބުނީ އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.