Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

މަރަދޫގައި ޑޭކެއާ ސެންޓަރެއް ހުޅުވަނީ

އައްޑޫ މަރަދޫގައި އަމިއްލަ ފަރާތަކުން ޑޭ ކެއާ ސެންޓަރެއް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އެތަން ހުޅުވަން ހަމަޖެހިފައި ވަނީ "ކިޑްޓޯޕިއާ ޑޭކެއާ ސެންޓަރު" ގެ ނަމުގަ އެވެ. މިތަން ވަރަށް އަވަހަށް ހުޅުވަން ތައްޔާރުވާތީ ސޯޝަލް މީޑިއާގައި ވެސް އަންނަނީ އެތަން އިޝްތިހާރު ކުރަމުންނެވެ. އެކަމަކު އަދި މި ޑޭކެއާ ސެންޓަރާ ބެހޭ މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެތަނުން ބުނީ މިއީ ކުދިންނާ ވަރަށް ގުޅޭ، އުފާވެރި ހިތްހަމަޖެހޭ ކަހަލަ މާހައުލަކަށް ވާނެ ކަމަށެވެ.

އައްޑޫގައި ޑޭކެއާ ސެންޓަރެއްގެ ހިދުމަތް ފެށުން ވާނީ ތުއްތު ކުދިން ތިބި، ވަޒީފާ އަދާކުރާ މައިންބަފައިންނަށް ލިބޭ ވަރަށް ރަނގަޅު ހިދުމަތަކަށެވެ.