ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިއުކޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ސްކޮލަޝޮޕްގެ އާ ބުރަކަށް ހުޅުވާލައިވި އެވެ.
މި ފަހަރު ހުޅުވައިލީ 10 ސްކޮލަޝިޕް ފުރުސަތަށެވެ. މިއަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުން ކިޔަވަން ހަމަޖެހިފައިވަނީ މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާ އާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.
ސްކޮލަޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ކިޔަވައިދިނުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވުން ހިމެނެ އެވެ. މެވެ.
މި ސްކޮލަޝިޕް ފުރިހަމަކުރާ ޕްރިންސިޕަލުން ސަރުކާރު ސްކޫލެއްގައި ވަކި މުއްދަތަކަށް މަސައްކަތް ކުރަން ޖެހޭ ބޮންޑެއް އޮންނާނެ އެވެ.
ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީނު ކުރަން ތައާރަފުކުރި، ސްކޮލަޝިޕް ސްކީމްގެ ދަށުން މެލޭޝިއާގެ ޔުނިވަސިޓީއަކުން ތަމްރީންވި 17 ޕްރިންސިޕަލަކު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޫލްތައް ހިންގުމާ ހަވާލުވެފައިވެ އެވެ.