Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

މާރާމާރި ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގަން އުޅުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭ 23:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގަން އުޅުނު ބަޔަކު ހުއްޓުވާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މާރާމާރި ހިންގަން އުޅުނު ބައެއް މީހުން ފިލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެތަނުން ދެ މީހުން ފިލާފައިވަނީ އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައިކަމަށާއި އެ ދެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށެވެ.

މި މާރާމާރި ހިންގަން އުޅުނު މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.