Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ސަލްމާނާއި ޝާހްރުކާ އެކީ ދީޕިކާ އާއި ކެޓްރީނާ

އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ "ޓައިގާ ވާސަސް ޕަތާން" ގައި ދީޕިކާ ޕަދްކޯން އާއި ކެޓްރީނާ ކައިފް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިންނަށް ބަލާ އިރު ކެޓްރީނާ އަކީ ސަލްމާންގެ "ޓައިގާ" ފްރެންޗައިޒްގެ ބަތަލާ އެވެ. އެގޮތުން "ޓައިގާ 3" މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، ދީޕިކާ އަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ބަތަލާ އެވެ.

ދީޕިކާ އާއި ކެޓްރީނާ ވެސް އެ ފިލްމުތަކުގައި ކުޅެފައި ވަނީ ވަރުގަދަ އެކްޝަން ރޯލުތަކެކެވެ. އެގޮތުން "ޓައިގާ ވާސަސް ޕަތާން" އަށް ދީޕިކާގެ ރުބީނާގެ ކެރެކްޓާ އާއި ކެޓްރީނާގެ ޒޯޔާގެ ކެރެކްޓާ ވަރުގަދަ ކުރިމަތިލުންތަކެއްގެ ގޮތުގައި ގެނެސްދޭނެ އެވެ. މި ފިލްމުން މި ދެ ތަރިން ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އިރު، ކެޓްރީނާ އާއި ދީޕިކާގެ ކެރެކްޓާ ހިމެނޭ ވަކި ފިލްމެއް ދެ ތަރިންނާ އެކި ހަދާނެކަމުގެ އިޝާރާތެއް ވެސް ކުރިން ދީފައިވެ އެވެ.

"ޓައިގާ ވާސަސް ޕަތާން" ގެ ޑައިރެކްޓަރަކީ "ޕަތާން" ވެސް ޑައިރެކްޓްކުރި ސިތާދު އާނަންދު އެވެ. މީޑިއާތަކުން ބުނީ "ޓައިގާ ވާސަސް ޕަތާން" އިން ސިދާތަށް 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ފީއެއް ވެސް ލިބޭނެ ކަމަށާއި މިއާ އެކީ އޭނަ ވެފައި ވަނީ ޔާޝްރާހް ފިލްމްސް (ވައިއާރްއެފް) އެންމެ އަގު ބޮޑު ޑައިރެކްޓަރަށް ކަމަށެވެ.

ސިދާތު މިހާރު އަންނަނީ ދީޕިކާ އާއި ރިތިކް ރޯޝަން ލީޑް ރޯލު ކުޅޭ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ.