Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ކާންސް އަށް ފަހު ސަނީ ރާއްޖެ އަށް

މިދިޔަ ހަފުތާގައި ފްރާންސްގައި ނިންމައިލި މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމަށް ފަހު، އިންޑިއާގެ ބަތަލާ ސަނީ ލިއޯން މިއަދު ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބަތަލާ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ކޮއްޓެފަރު މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް ވެސް ސަނީގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މި އަހަރުގެ ކާންސްގައި ސަނީ ބައިވެރިވީ އޭނަގެ ތުރިލާ ފިލްމު "ކެނެޑީ" ޕްރީމިއާކުރަން ލިބުނު ފުރުސަތުގަ އެވެ. މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ އެ ފިލްމުގެ ބަތަލާ އަކީ ރާހުލް ބަޓެވެ.

އެޑޮޕްޓްކުރި އަންހެން ކުއްޖަކާއި ސަރޮގޭޓްކޮށްގެން ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިން ތިބި ސަނީގެ ފިރިމީހާ އަކީ ޑެނިއަލް ވެބާ އެވެ.

ޝާހްރުކްގެ 2016 ގެ ފިލްމު "ރައީސް" ގެ ލަވަ "ލައިލާ މެ ލައިލާ" ކުޅުނު ސަނީ ބޮލީވުޑަށް ނުކުތީ 2012 ގެ ފިލްމު "ޖިސްމު 2" އިންނެވެ.

ބަތަލާ ރަކުލް ޕްރީތު ސިންގް ވެސް މި ވަގުތު ހުރީ ރާއްޖޭގަ އެވެ. އޭނަ ޗުއްޓީ ހޭދަކުރަނީ ޕަޓީނާ މޯލްޑިވްސްގަ އެވެ.