Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޓޫރިސްޓުންގެ އަދަދު 800،000 އިން މައްޗަށް

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު މިހާރު 800،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 809،245 އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތްކުރީ 702،332 ޓޫރިސްޓުންނެވެ.
އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އައި ޓޫރިސްޓުންގެ އަދަދަށް ވަކިވަކިން ބަލާލާ އިރު، ޖެނުއަރީގައި 172،499 ޓޫރިސްޓުން، ފެބްރުއަރީގައި 177،915 ޓޫރިސްޓުން، މާޗްގައި 173،514 ޓޫރިސްޓުން، އޭޕްރީލްގައި 164،357 ޓޫރިސްޓުން އަދި މިދިޔަ މަހު 120،960 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ ޓޮޕް 10 މާކެޓްގައި ހިމެނެނީ ރަޝިއާ، އިންޑިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަން، ޗައިނާ، އެމެރިކާ، ފްރާންސް، * ސްވިޓްޒަލޭންޑް އަދި ދެކުނު ކޮރެއާ އެވެ

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ.