Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

227 ބުލެޓް ޑްރަގްސް އެތެރެ ކުރި މީހުންގެ ބަންދަށް 30 ދުވަސް

criminal court

ރާއްޖެއަށް ދިރުވާލައިގެން 227 ބުލެޓް ޑްރަގްސް އެތެރެކުރި ޕާކިސްތާނުގެ މީހުންގެ ބަންދަށް 30 ދުވަސްޖަހައިފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ 3 ފިރިހެނުންނާއި 1 އަންހެނެކެވެ.

މި ހަތަރު މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.

މިމައްސަލައިގައި ހައްޔަރު ކުރި 32 އަހަރުގެ އަންހެން މީހާ ދިރުވާލައިގެން އެތެރެކުރި ތަކެތީގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޖުމުލަ 10 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 157 ގުރާމު ހުރިކަމަށްވެސް ބުނެފައިވެއެވެ. ހައްޔަރު ކުރި 32 އަހަރުގެ ފިރިހެންމީހާ ވަނީ ދިރުވާލައިގެން 75 ބުލެޓް އެތެރެކޮށްފައެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 909 ގުރާމު ހުރިކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. ހައްޔަރުކުރި 36 އަހަރުގެ ފިރިހެން މީހާ ވަނީ 62 ބުލެޓް ދިރުވާލައިގެން އެތެރެކޮށްފައެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމުލަ 756.3 ގުރާމް ހުރިކަމަށް ބުނެފައިވެއެވެ. މީގެއިތުރުން މައްސަލައިގައި ހައްޔަރު ކުރި 36 އަހަރު ފިރިހެންމީހާވަނީ ދިރުވާލައިގެން 80 ބުލެޓް އެތެރެކޮށްފައެވެ. މިތަކެތީގެ ބަރުދަނުގައި 1068 ގުރާމް ހުރި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

މި ހަތަރު މީހުންވަނީ ކޯޓުގައި މިމައްސަލައިގައި އިއުތިރާފުވެފައެވެ. މިއީ ޖަމާއަތް ހަދައިގެން ކުރަން އުޅުނު ކުށެއް ކަމަށާއި މި ކަމުގައި ގިނަބަޔަކު ބައިވެރިވެ އަދި މިކަންކޮށްފައިވާ ގޮތަށް ބަލާއިރު މުޖުތަމައަށް ނުރައްކާ އޮތްކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.