Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ތިނަދޫ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ގދ. ތިނަދޫ ގެއެއްގެ ތެރޭގައި 48 އަހަރުގެ ބިދޭސީ ފިރިހެނެއް ނިޔާވެފައި އޮތްކަމުގެ މައުލޫމާތު މިއަދު މެންދުރު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މިހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.