Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބްރިޖުގައި ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 16:09 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން 16:20 ގައި ނިއްވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިހާދިސާގައި އެކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުން ކާރުގައި އޮތީ ވަރަށް ބޮޑަށް ރޯވެފައެވެ.