Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ހައްޖުވެރިންނަށް ފަސޭހަކޮށް ޑޮލަރު ލިބޭނެ އިންތިޒާމެއް

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުންނަށް ފަސޭހަކޮށް ޑޮލަރު ގަނެވޭ އިންތިޒާމްނެ އިންޒާމުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

ގައުމީ ބޭންކުން ބުނީ ހައްޖުގެ އުމްރާ އަށް ދާ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޑޮލަރު ދޫކުރުމަށް ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތާ ހަމަށް ކޮންމެ ހޮނިހިރު ދުވަހު ވެސް އެ ޑޮލަރު ނެގޭނެ ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށްޑޮލަރު ދޫކުރާ ދުވަސްތަކާއި ގަޑިތަކަށް ބަލާ އިރު އާދިއްތަ އިން ބުރާސްފައްޗަށް މާލެ ސަރަހައްދުގެ ހުރިހާ ބްރާންޗަކުން މެންދުރު 12:00 އިން 2:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން 1:00 އަށް އިސްލާމިކް ބްރާންޗާއި މާލޭގެ މައި ބްރާންޗުންނެވެ.

ކޮންމެ މީހަކަށް ދޫކުރާނީ 500 ޑޮލަރެވެ. ހިދުމަތް ހޯދަން ކިޔުބީ މެދުވެރިކޮށް ޓޯކަން ވެސް ނެގޭނެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން ފުރަން ފަށާނީ މި މަހުގެ 12 އިން ފެށިގެންނެވެ. އަދި އެންމެ ފަހު ގްރޫޕް ފުރާނީ މި މަހުގެ 19 ގަ އެވެ.