Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ރަކުލް އަކީ ރާއްޖޭގައި "މާމެއިޑް" އެއް

އިންޑިއާގެ ބަތަލާ ރަކުލް ޕްރީތު ސިންގް މިހާރު އަންނަނީ ވަރަށް އުފާވެރި ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރަމުންނެވެ. އެ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް އޭނަ އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ.

ފޮޓޯތަކުން ފެންނަނީ ޕަޓީނާ މޯލްޑިވްސް ފަރި އައިލޭންޑްސްގައި ޒުވާން ބަތަލާ ވަރަށް "އެންޖޯއިކުރާ" މަންޒަރެވެ. މިއަދު އޭނަ އާންމުކުރި ފޮޓޯތަކެއްގައި ފެންނަނީ ގަދަ އޮރެންޖް ކުލައިގެ ހެދުމެއްގައި ރިސޯޓްގެ ބީޗްގެ ސަރަހައްދެއްގެ ތޮށިގަނޑު މަތީގައި ކެމެރާ އަށް ޕޯސްކުރާ ތަނެވެ. އެ ފޮޓޯތަކުގެ ކެޕްޝަނަކަށް ޖަހާފައި އިނީ "މާމެއިޑް" އެވެ.

އެނގިފައިވާ ގޮތުގައި ރަކުލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ލޯބިވެރިޔާ/ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ އެކީގަ އެވެ. ރަކުލް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތައް ވެސް ކުޅޭ 32 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މި އަހަރުގެ ޖެނުއަރުގައި ޒީ5 އިން ޕްރީމިއާކުރި "ޗަތުރީވާލީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މޭރީ ޕަތުނީ ކާ ރިމޭކް" އާއި "އަޔަލާން" އަދި "އިންޑިއަން 2" ހިމެނެ އެވެ.

ރަކުލް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ތޭންކް ގޯޑް"، "ދޭ ދޭ ޕިޔާރު ދޭ"، "މަރުޖާވާ"، "ރަންވޭ 34"، "ޑޮކްޓަރު ޖީ" އަދި "އެޓޭކް" ފަދަ ފިލްމުތައް ހިމެނެ އެވެ.