Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ވައްކަން ކުރީ ފޭކް ފިސްތޯލައަކުން ބިރު ދައްކައި!

ފިސްތޯލައެއް ގޮތަށް ޑިޒައިންކޮށްފައިވާ ވީޑިއޯ ގޭމެއްގެ ރިމޯޓް ކޮންޓްރޯލުން ބިރު ދައްކައި އެމެރިކާގެ ސައުތު ކެރޮލައިނާގެ ފިހާރައަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ޑޭވިޑް ޖޯސެފް ޑަލެސެންޑްރޯ ކިޔާ 25 އަހަރުގެ ޒުވާނެކެވެ.

ވައްކަމާ ގުޅިގެން އޭނަ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ފުލުހުން ބުނީ ފިހާރައިގެ މުވައްޒަފަކަށް ބިރު ދައްކަން ޑޭވިޑް ބޭނުންކޮށްފައި ވަނީ ފޭކް ފިސްތޯލައެއް ކަމަށެވެ. އަދި އެއީ ނިންޓެންޑޯ އިން 1984 ގައި ނެރުނު ވީޑިއޯ ގޭމް "ޑަކް ހަންޓް" ގޭމިން ޕިސްތޯލައެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޭކް ފިސްތޯލަ ހޮފިއިގެން މޫނު ނިވާކޮށް އަދި ބޮލުގައި ވިގެއް ވެސް ޖަހައިގެން ސައުތު ކެރޮލައިނާގައި "ކްވިކް" ފިހާރަ އިން ޑޭވިޑް ވައްކަން ކުރީ މިދިޔަ މަހުގެ 30 ގައި ކަމަށެވެ. އޭނަގެ މައްޗަށް މިހާރު ވަނީ ވައްކަން ކުރުމާއި ހަތިޔާރު ހިފައިގެން ވިއްކަން ކުރުމުގެ ދައުވާ އުފުލައިފަ އެވެ.