މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދޭން އައްޑޫ ހުޅުމީދޫގައި ހިންގަމުން އަންނަ ވިލުނު ސެންޓަރުގެ ކެޓަރިން އަށް ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެތަން ހިންގާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނީ ކެޓަރިންގެ ހިދުމަތަށް ބަޔަކު ބޭނުން ވަނީ ދެ އަހަރަށް ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ވަން ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ. އެގޮތުން މި މަހުގެ 10 އާ ހަމައަށް ރަޖިސްޓްރީވިމުގެ ފުރުސަތު އޮންނާނެ އެވެ. ރަޖިސްޓްރީވާން ޖެހެނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
އެންޑީއޭއަށާއި ވިލުނު އަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.
ވިލުނު ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ތަނެކެވެ. އެތަން ހުޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ގަ އެވެ.