Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ތިނަދޫ ޑީކޯ ޗެމްބަރު މި މަހު ނިމޭނެ

ގދ. ތިނަދޫގައި އާބަންކޯއިން ތަރައްގީކުރާ ޑީކޯ ޗެމްބަރގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާބަންކޯއިން 'ބިޔޯންޑް ހުޅުމާލެ' ޕްލޭންގެ ދަށުން ގދ. ތިނަދޫގައި ގާއިމްކުރަމުންދާ ޑީކޯ ޗެމްބަރ އަކީ އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އާބަންކޯއިން އެކުންފުނީގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެއް ކަމަށް އާބަންކޯއިން މައުލޫމާތުދެއެވެ. ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރއެވެ.

ހުވަދޫ އަތޮޅަކީ މަސްވެރިން ގިނަ އަތޮޅަކަށްވާއިރު އަރބަންކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށެވެ.