Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަރަދޫ ކައުންސިލަރު ނާދިރު އެމްޑީޕީ އަށް ސޮއިކޮށްފި

ފޮޓޯ: އެމްޑީޕީ

އައްޑޫސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ނާދިރު އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކައުންސިލަރު އަހުމަދު ނާދިރު އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމު ރައިސް ސޯލިހަށް އަރުވާފައިވަނީ މިއަދުއެވެ.

އަހުމަދު ނާދިރު މަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފައިވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. ޖުމުލަ ތިން ކެންޑިޑޭޓުން މަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރިއިރު ނާދިރު ގޮނޑި ކާމިޔާބު ކޮށްފައިވަނީ 1149 ވޯޓުންނެވެ. ނާދިރުއާ އެންމެ ގާތުން އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 556 ވޯޓެވެ.

މިއަހަރު ފެބްރުއަރީ މަހުގެތެރޭގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އައްޑޫ ފޭދޫ ކައުންސިލަރު މުހައްމަދު ފައިސަލް ވެސް ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެވެ.