Last Updated: April 24, 22:15
Wednesday, April 24, 2024
ދުނިޔެ

އެޕަލްގެ ބޮޑު އިވެންޓެއް މާދަމާ

އާ އުފެއްދުންތަކެއް ވެސް ލޯންޗްކުރަން ހަމަޖެހިފައިވާ އެޕަލް ކުންފުނީގެ އިވެންޓެއް މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެޕަލްގެ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) އޮންނާނީ އެ ކުންފުނީގެ ކެލިފޯނިއާގެ ކަޕަޓީނޯގެ ކޭމްޕަހުގަ އެވެ. މި އިވެންޓްގެ ވާހަކަ އެޕަލް އިން ޓްވީޓް ވެސް ކޮށްފައިވެ އެވެ. އެ ޓްވީޓާގައި މާދަމާ އަކީ އާ ދައުރެއްގެ ފެށުން ކަމަށް ބުނެފި އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ފަދަ ޓެކް ކުންފުނީގެ ތެރޭފައި އެޕަލް އިން މާދަމާ ލޯންޗްކުރާނެ ކަމަށް އުފެއްދުންތަކުގެ ވީއާރް/އޭއާރް ހެޑްސެޓާއި މެކް ބުކްގެ އާ ވާޝަންތަކެއް ހިނެނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ އައިފޯނާއި އައިޕެޑާއި އެޕަލް ވޮޗްގެ އާ ފީޗާތަކެއް ވެސް ލޯންޗްކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މީގެ އިތުރުން މިހާރު ވަރަށް ބޮޑަށް ވައިގައި ހިފަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުން ހުރި މަސައްކަތްތައް އެޕަލް ކުރިއަށް ގެންދާ ވަރާއި އުފެއްދުންތަކުގައި އޭގެ ނުފޫޒު އޮންނާނެ ވަރާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށް ބެލެވޭ ކަަމަށް މީޑިއާތަކުން ބުނެ އެވެ.

އެޕަލްގެ ޑަބްލިއުޑަބްލިއުޑީސީ މާދަމާ ބާއްވާ އިރު، މި އަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އެއް ކަމަކީ އައިފޯން 15 ލޯންޗްކުރާނެ އިރަކަށެބެ.