ވެރިކަމާއި ހަވާލުވުމުގެ ކުރިން އައްޑޫ މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތް ޔަޤީން ކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމީއްޔާތުގައިއެވެ. މިނިސްޓަރ ވާހަކައިގައި ވިދާޅުވީ، އައްޑޫގައި ކުރިއަށްދާ ހުރިހާ މަޝްރޫޢޫއެއް ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. އަދި މި ސަރުކާރުން އައްޑޫގައި ކުރާ ކަންކަން އައްޑޫ ރައްޔިތުންނަށް ކިޔައި ދޭން ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު ހަވާލުވުމުގެ ކުރިން އައްޑޫގެ ރައްޔިތުންގެ ފަރާތުން އަޑު އިވިގެން އެނދު ނެތި އެއާޕޯޓެއް ނެޅޭނެ ކަމަށާއި، އެއާޕޯޓެއް ނެތި އެނދު ތަރައްޤީ ނުކުރެވޭ ކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އައްޑޫ ތަރައްޤީ ކުރުމަށް، މި ސަރުކާރުން ހަވާލުވުމުގެ ކުރިން އައްޑޫގެ ތަރައްޤީއަށް މަސައްކަތް ފެށިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ މަޝްރޫޢުތައް ހިންގަން ވެރިކަމަށް އައުމުގެ ކުރިން ފައިސާ ހަމަޖައްސާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އޭރު އައްޑޫގައި ފަތުރުވެރިކަން ކުރައްވަމުން ގެންދެވި، ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުން ވަމުން ދިޔަ ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، އެއީ އޭރު ބިމު ކުލި މާލެ އެކޭ އެހެން ތަނެކޭ ތަފާތެއް ނެތި ނަގަމުން ދިއުމުގެ ސަބަބުން ކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި ހުރަސް އެގޮތުން ބިމު ކުލި މި ސަރުކާރުން 8 ޑޮލަރުން 2 ޑޮލަރަށް ކުޑަކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކައިގައި ވަނީ މިހާރު ކުރަމުންދާ މަސައްކަތަކީ ހަޤީގަތުގައިވެސް އައްޑޫގައި އައު އައްޑޫއެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
އަދި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ ފައްޔާޒް ވަނީ ރައީސް ސާލިހައް ދެވަނަ ދައުރެއް ދިނުން މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
އައްޑޫގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ފަތުރުވެރިކަމަށް 7000 އެނދު މިސަރުކާރުން ނެރޭނެ ކަމަށް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.