Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ޓްވިޓާގެ ބިޒްނެސް އޮޕަރޭޝަނަށް އާ މީހެއް

ޓްވިޓާގެ ހިންގުން ހަރުދަނާ ކުރަން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭގެ ބިޒްނެސް އޮޕަރޭޝަނާ އާ މީހަކު މިއަދު ހަވާލުވެވަޑައިގެންފި އެވެ.

މަހުޖަނު އީލޮން މަސްކްގެ ޓްވިޓާގެ ބިޒްނެސް އޮޕަރޭޝަންގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވީ އެންބީސީ ޔުނިވާސަލްގެ އެގްޒެކެޓިވެއްގެ މަގާމުގައި ކުރިން ހުންނެވި ޖޯ ބެނަރޮޝް އެވެ.

ފާހަގަށްލެވޭ ކަމަކީ މިދިޔަ މަހު ޓްވިޓާގެ އާ ސީއީއޯއަކަށް ވެސް ހަމަޖެއްސީ ކުރިން އެންސީބީ ޔުނިވާސަލްގެ އިސްވެރިއެއްކަމެވެ. އެއީ އެ ކުންފުނީގެ އެޑްވަައިޒިން ހެޑްގެ މަގާމުގައި ހުންނެވި ލިންޑާ ޔަކަރީނޯ އެވެ. އޭނަ އަދި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިއެއްނުގަންނަވަ އެވެ.

ޓްވިޓާއާ ގުޅިވަޑައިގަތިމުން ލިންޑާ މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓްގެ ރައްދުގައި ޖޯ ވަނީ ލިބިވަޑައިގަތް ފުރުސަތަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޓްވިޓާގެ ޓީމާ އެކީ ޓްވިޓާ ވަރުގަދަކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާ ކަމަށް ވިދާޅުވި އެވެ.

އީލޮން ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.