Last Updated: May 5, 21:32
Monday, May 6, 2024
ޚަބަރު

އާބަންކޯ އިން ހިންމަފުށީގައި ޖަލެއް ހަދައިފި

މާލޭގައި ހުރި ހަލު ބަދަލުކުރަން ނިންމުމާ ގުޅިގެން އާބަންކޯ އިން ކ. ހިންމަފުށީގައ ހަދަން ފެށި ޖަލުގެ މަސައްކަތް ނިންމާލައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާބަންކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންމަފުށީގައި ހެދި ޖަލުގައި ހަތަރު ބްލޮކް ހުންނާނެ ކަމަށާއި ކޮންމެ ބްލޮކެއްގައި 16 ގައިދީން ބޭތިއްބޭނެ ކަމަށެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހާނަ ހުންނާނެ އެވެ.

ޖަލުގެ މަސައްކަތްތައް ނިންމައި އެތަން މިހާރު ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

މާލެ ޖަލު ބަދަލު ކުރަން ނިންމީ އެތަނާ އިންވެގެން ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދައި، އަންނަ ދިރާސީ އާ އަހަރަށް ހުޅުވަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.