Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އޭޖީއާ އެކީ ހާޒިރުވި އަންހެން ވަކީލުންނާ ސަލީމް ދިމާކޮށްފި

މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް-

ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި އޭޖީގެ ދެ އަންހެން ވަކީލުންނަށް މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ކުޑައިމީސްކޮށް މުހާތަބު ކޮށްފިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭޖީ ރިއްފަތު މަޖިލީހަށް ހާޒިރުވިއިރު އަރިހުގައި ޑެޕިއުޓީ އޭޖީ ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް މަޖިލީހަށް ހާޒިރުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅަމުން ގެންދިޔައިރު މަޖިލީހުގެ މުޅި ޖަލްސާގައި މެންބަރުން ދިޔައީ ނިޒާމީ ނުކުތާ ނަގަމުންނެވެ. އަދި އޭގެތެރެއިން މައިނޯރިޓީ ލީޑަރު ވަނީ ނިޒާމީ ނުކުތާ ނަންގަވާ މަލާމާތުގެ ރާގަކަށް، އޭޖީއާއެކު މަޖިލީހަށް ހާޒިރުވީ "18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން" ކަމަށް ޝައްކުވާ ކަމަށް ބުނެފައެވެ.

"އަޅުގަނޑު ނިޒާމީބެހޭ މައްސަލައެއް މި ނެގީ ބަންޑާރަނައިބުގެ ދެފަރާތުގައި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ." ސަލީމް ވިދާޅުވިއެވެ.

ސަލީމް އެފަދައިން ވިދާޅުވީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ މަޖިލީހަށް ސަރުކާރުގެ އެކިއެކި ބޭފުޅުން ހާޒިރުކޮށް، އަންހެން ބޭފުޅުންނާ ކުޑައިމީސްކޮށް ވާހަކަދެއްކުމަކީ ނިޒާމީ މައްސަލައެއް ކަމަށެވެ.

މީކާއިލްގެ އެވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މީކާއިލްގެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށާއި އެއްވެސް މެންބަރަކު މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭގޮތުން ހާއްސަކޮށް އަންހެން ބޭފުޅުންނަށް ކުޑައިމީސްކޮށް ވާހަކަނުދެއްކުމަށް އެދޭކަމަށެވެ.