Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެސްޓީއޯގެ "މަގޭ ހިޔާ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެތެރެ / ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިސް ގެދޮރުވެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މަގޭ ހިޔާ ޕްރޮމޯޝަން މިދިޔަ ދެ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފަށައިފިއެވެ.

މި ޖޫން މަހުގެ އެއްވަނަ ދުވަހު ފެށި ޕްރޮމޯޝަނަކީ ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ އެކި ހައުސިންގ މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 3 ޕެކޭޖެއްގެ ތެރެއިން ތަކެތި ބައްލަވައިގަންނަވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބިގެން ދާނެއެވެ. އަދި އެހެން ޕްރޮމޯޝަންތަކާއި ޙިލާފަށް ބީއެމްއެލް، އިސްލާމިކް ބޭންކް އެމްއެފްއެލްސީ އަދި އެސްޓީއޯ ކްރެޑިޓް ސްކީމުގެ ތެރެއިން މުދާ ނަންގަވާ ފަރާތްްތަކަށްވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.


ޕްރޮމޯޝަން ތެރެއިން މުދާ ނަންގަވާ ފަރާތްތަކަށް ތިން ޕެކޭޖެއް ވަނީ ކަނޑައެޅިފައެވެ. މި ތިން ޕެކޭޖަށް ޑިސްކައުންޓު ލިބޭ ރޭޓް ތަފާތެވެ. އެގޮތުން އެންމެ ދަށްވެގެން 15،000ރ. އާއި 25،000ރ. ދެމެދު ރިހި ޕެކޭޖަށް 12 އިންސައްތައިން ޑިސްކައުންޓު ލިބޭނެއެވެ. އަދި 25،000ރ. އާއި 35،000ރ. ދެމެދުގެ ރަން ޕެކޭޖަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭއިރު، 35،000ރ. އިން މަތީގެ މުދަލަށް 18 އިންސައްތަ ޑިސްކައުންޓު ލިބެއެވެ. މިއީ ހުދު ރަން ޕެކޭޖެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރަށް ލިބިފައިވާ ފްލެޓުގެ މައުލޫމާތާއި އައީޑީ ކާޑު ބޭނުންވާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެސްޓީއޯގެ މަގޭ ހިޔާ ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.