Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ހައްޖުވެރިން ފުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން ފުރުމުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި ފަހަރު ރާއްޖޭން 1،000 މީހުން ހައްޖަށްދާ އިރު، މީގެ ތެރެއިން 270 މީހުން ހައްޖަށް ދަނީ އަމިއްލަ ތިން ގްރޫޕެއްގެ ހަވާލުފަގަ އެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ އެވެ. މިއިން ކޮންމެ ގްރޫޕެއްގެ ހަވާލުގައި 90 މީހަކު ހައްޖަށްދާ އިރު، ބާކީ އަދަދު ހައްޖަށް ދަނީ ހައްޖީ ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

ހައްޖުވެރިން ރާއްޖޭން ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 12-19 އާ ދޭތެރޭ ހަ ފްލައިޓެއްގައި ކަމަށް މިނިސްޓްރީންން ބުންޏެވެ. އެގޮތުބް ހައްޖުވެރިން ފުރާ ގަޑިތަކާއި ފުރަންދާން އެއާޕޯޓަޑް ދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ވެސް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފަ އެވެ.

ހައްޖުވެރިން ފުރާ ދުވަސްތަކާއި ގަޑިތައް:

* ޖޫން 12: ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) 3:10
* ޖޫން 13: ސިސިލްފަރު (90 ޙައްޖާޖީން) 12:50
* ޖޫން 15: އަލްމަނާސިކް (90 ޙައްޖާޖީން) 7:00
* ޖޫން 16: ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) 3:10
* ޖޫން 16: އަލްޙަރަމައިން (90 ޙައްޖާޖީން) – 19:00
* ޖޫން 19: ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) 3:10

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާ ހަމައަށް ގެންގޮސް ދިނުމާއި، ޙައްޖުވެރިއާ އާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭ ގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއާޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައި ހުންނާނެ އެވެ.

ޙައްޖަށް ދާ މީހުންނަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާ އިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާ ގޮތް:

ބަސް ޕޮއިންޓްތައް (މާލެ):

* ވެސްޓް ޕާކް
* ސޯޝަލް ސެންޓަރު
* 01 ނަންބަރު ފާލަން
* ހެންވޭރު ފެރީ ޓާމިނަލް
* ހައުސިން މިނިސްޓްރީ
* ދަރުބާރުގެ
* ޒިކުރާ މިސްކިތް
* ގަލޮޅު ދަނޑު
* ޓޭބަލް ޓެނިސް އެސޯސިއޭޝަން ހެންވޭރު ދަނޑު ކުރިމަތި)
* އޯކިޑް،ފަރީދީ މަގު

ހުޅުމާލެ ފޭސް 1:

* ނިރޮޅު މަގު
* ބަގީޗާ ހިނގުން

ހުޅުމާލެ ފޭސް 2:

* ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1
* ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2

ވިލިނގިލި:

ފެރީ ޓާމިނަލް