Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ކައިވެނި ނުކޮށް އަރުޖުން ދަރިން ހޯދާތީ ފާޑުކިޔަނީ

ކައިވެނިން ބޭރުން ދަރިން ހޯދާތީ އިންޑިއާގެ އެކްޓަރު އަރުޖުން ރާމްޕާލަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

އޭނަގެ ދެކުނު އެފްރިކާގެ ލޯބިވެރިޔާ ގެބްރިއެލާ ޑިމިޓްރިއަޑިސް މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އަރުޖުން އާއި ގެބްރިއަލާ ކައިވެނި ނުކޮށް، "ލިވް-އިން ރިލޭޝަންޝިޕެއް" ގައި ތިބި އިރު، އެ މީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅު އަރިކް ރާމްޕާލް އަށް މިހާރު 4 އަހަރެވެ.

ކައިވެނިން ބޭރުން ދަރިން ހޯދާތީ ސޯޝަލް މީޑިއާގައި އަރުޖުން އާއި ގެބްރިއެލާ އަށް ފާޑުކިޔުންތައް އަމާޒުވަމުންދާ އިރު، އެފަދަ ބައެއް ވާހަކަތަކަށް ގެބްރިއެލާ ރައްދު ވެސް ދީފައިވެ އެވެ. އަރުޖުން އާއި ގެބްރިއެލާ ރައްޓެހިވީ އަރުޖުންގެ ފުރަތަމަ ކައިވެނި ރޫޅައިލި އަހަރު ކަމަށްވާ 2019 ގަ އެވެ.

އަރުޖުން، 50، އާއި މެހެރު ޖެސިއާ، 54، ގެ ކައިވެނި 21 އަހަރު ފަހުން ރޫޅައިލި އިރު، ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 23 އަހަރުގެ މާހިކާ ރާމްޕާލާއި މައިރާ ރާމްޕާލް، 17، އެވެ.

 

View this post on Instagram

 

A post shared by Arjun Rampal (@rampal72)

ބޮލީވުޑްގައި މަސައްކަތްކުރާ ބައެއް މީހުން ކައިވެނިން ބޭރުން ދަރިން ހޯދުމަކީ މި ފަހުން ވަރަށް ބޮޑަށް އާންމުވަމުންދާ ކަމެކެވެ. ބަތަލާ އިލިއާނާ ޑި ކްރޫޒް ވެސް ހުރީ ކައިވެނިން ބޭރުން އަލަތު ދަރިފުޅަށް މިހާރު ބަލިވެ އެވެ.