Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ބެޑްމިންޓަން މުބާރާތް އަންނަ މަހަށް ފަސްކޮށްފި

މި މަހު ބާއްވަން ތައްޔާރުވަމުން އައި 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހަށް ފަސްކޮށްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިން މި މަހުގެ 20-27 އަށް ބާއްވަން އޮތް މުބާރާތް މި އަހަރު އަންނަ މަހުގެ 1-5 އަށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންވެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އިތުރުކޮށްފަ އެވެ. މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 22 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3314057 އިން ހޯދޭނެ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މާލޭގެ އިންޑޯ ބެޑްމިންޓަން ހޯލްގަ އެވެ.