Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޖާހުގެ ހައުސިން މަޝްރޫއު ނިންމަން ނޯޓިސް ދީފި

ޖާހުގެ ހައުސިންގ މަޝްރޫއުގެ ކުރެހުމެއް-

ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫޢު ނިންމުމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

އާބަންކޯއިން ބުނެފައިވަނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާއި ހަވާލު ކުރެވިފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އަރބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް އެފަރާތަށް މިހާރު ދެވިފައިވާ ކަމަށް އާބަންކޯއިން މައުލޫމާތުދެއެވެ.

މީގެއިތުރުން މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް މި ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ދީފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.