Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފުލުހުންގެ ތަހުގީގީ ދާއިރާ އިން ވަޒީފާގެ ފުރުސަތު

ފުލުހުންގެ ތަހުގީގީ ދާއިރާ އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެގޮތުން އިންވެސްޓިގޭޝަން އޮފިސަރުންގެ މަގާމަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެއީ ސާޖަންޓް ގްރޭޑް 1، ސާޖަންޓް ގްރޭޑް 2 އަދި ސީނިއާ ސާޖަންޓް ގްރޭޑް 2 އަށެވެ. މި މަގާމުތަކުގެ ތެރެއިން ސާޖަންޓް ގްރޭޑް 1 މަގާމަށް ކުރިމަތިލާ މީހުންނަކީ އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ނުވަތަ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނަށް ވާންޖެހެ އެވެ. އަދި ސާޖަންޓް ގްރޭޑް ދޭއްގެ މަގާމަށް ކުރިމަތިލާ މީހުންނަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ ލެވަލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނަށްށް ވާންޖެހެ އެވެ.

ސީނިއާ ސާޖަންޓް ގްރޭޑް ދޭއްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނަށް ވާންޖެހެ އެވެ.

މި މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ވަޒީފަތަކަށް ހޮވޭ މީހުން ރެކްރޫޓްކުރެވޭ ތާރީހުން ފެށިގެން 3 މަސް ދުވަސް ހަމަވުމުން ސާވިސް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް ހަމަޖެހިގެން ދާނެއެވެ. މީގެ އިތުރުން މުވައްޒަފަށާއި މުވައްޒަފުންގެ އާއިލާއަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހަރަދާއި މުވައްޒަފުންގެ ކެއިން ބުއިމާއި ހުރުމުގެ ހަރަދުގެ އިތުރުން މުވައްޒަފަށް ކިޔެވުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.

ވަޒީފާތަކަށް އެދޭ ފޯމް ފުލުހުންގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވޭނެ އެވެ.