ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ ޑީޖޭ (ޑިސްކް ޖޮކީ) އިން ތަމްރީނުކުރަން ނިންނައި އެކަމާ ގުޅޭ ވޯކްޝޮޕެއް ހިންގައި ދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ވަނަ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި މެއިލް އަށް ސުވާލުތައް ފޮނުވަން މިނިސްޓްރީން އެދިފައިވެ އެވެ.
ޓޫރިޒަމް ދާއިރާ އަށް ޑީޖޭ އިން ތަމްރީނުކުރަން ނިންމި އިރު ރާއްޖޭގެ ވަރަށް ގިނަ ރިސޯޓްތަކުގައި ދިވެހި އަދި ބިދޭސީ ޑީޖޭ އިން މިއުޒިކް ކުޅެ އެވެ. ނަމަވެސް ދިވެހި ޑީޖޭއިންނަށް އެކަށީގެންވާ ފުރުސަތު ނުލިބޭކަމުގެ ޝަކުވާތައް އެ ދާއިރާގައި އުޅޭ މީހުން ކުރެ އެވެ.