Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ޗައިނާގައި ރާއްޖެ އިސްތިހާރު ކުރަން މީޑިއާ ޓީމެއް

ޗައިނާ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރަން އައި ޓީމް / ފޮޓޯ؛ އެމްއެމްޕީއާރްސީ

ޗައިނާ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް ސިންގަޕޫރު އެއާލައިންސްއާއި ގުޅިގެން މީޑިއާ ފެމިލިއަރަޒޭޝަން ދަތުރެއް އެމްއެމްޕީއާރްސީން ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ މަހުގެ 29 އިން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ދަތުރުގައި، ބައިވެރިވެފައިވަނީ އެކި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާގެ އުފެއްދުންތެރިންތަކެކެވެ. މި ކެމްޕެއިންގެ ބޮޑު އާމާޒަކީ ވީހާވެސް ގިނަ ބަޔަކާއި ހަމައަށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން ރާއްޖޭގެ ވަން އައިލޭންޑް ވަން ރިސޯޓު ކޮންސެޕްޓާއި، އަދި ތަފާތު ތަޖުރިބާތައް އެފަރާތްތަކުގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދީފައިވެއެވެ.

ކެމްޕެއިންގައި ބައިވެރިވި މީޑިއާތަކުގެ ތެރޭގައި، ޓްރެވެލް ޕްލަސް ލެއިޝަރ، ސިޓީ ޓްރެވެލަރ، ކޮންޑީ ނާސްޓް ޓްރެވެލަރ، ވޮޔޭޖް އަދި ފްލަޔަރ ޓީ ހިމެނެއެވެ. މި ފަރާތްތަކާއި އެކު ގާތްގަނޑަކަށް ކެމްޕެއިން 1.27 މިލިއަން މީހުންނަށް ފޯރާފައިވާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލު ކުރެއެވެ. މިގޮތުން މި ފަރާތްތަކަށް ވަގުތުން ލިބުނު ޙިދުމަތްތަކާއި ގުޅޭގޮތުން އެފަރާތްތަކުގެ މަންސަތަކުގައި ހިއްސާކޮށް މީހުންގެ އެންގޭޖްމެންޓް ވަރަށް ބޮޑަށް އިތުރު ކުރެވިގެން ދިޔައެވެ.

ޗައިނާ މާކެޓަކީ ރާއްޖެއަށް މިވަގުތު ފަތުރުވެރިން އައުން އިތުރު ކުރަން މަސައްކަތް ކުރާ މުހިންމު މާކެޓެކެވެ. މި މާކެޓަކީ ކޯވިޑު އައުމުގެ ކުރިން 2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ މާކެޓެވެ. މިއަހަރު މިހާތަނަށް 48،496 ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

އެމްއެމްޕީއާރްސީން ބުނީ ސިންގަޕޫރު އެއާލައިންސް ގުޅިގެން ޖެއްސި ކެމްޕެއިނަކީ މިމާކެޓުގައި ރާއްޖޭގެ ފުޅާ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ބައެއް ކަމަށެވެ. އަދި ކުރިއަށްވެސް އޮންލައިން އަދި އޮފްލައިން ގިނަ ހަރަކާތްތަކެއް ޕްރޮމޯޓު ކުރުމަށް ރޭވިފައިވާ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.