Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އޮމާން އެއާގެ ދަތުރުތައް މި މަހު ރާއްޖެ އަށް

އޮމާން އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެ އެވެ.

މެދުއިރުމަތީގެ މަޝްހޫރު ގައުމެއް ކަމަށްވާ އޮމާންގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 24 އިން ފެށިގެންނެވެ. މިކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މި ދަރުތުތައް ބާއްވާނީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މީގެ 30 އަހަރު ކުރިން 1993 ގައި ވައިގެ ހިދުމަތަށް ނުކުތް އޮމާން އެއާ އަކީ މިހާރު 53 މަންޒިލަކަށް އުދުހޭ އެއާލައިނެކެވެ. އޮމާން އޭވިއޭޝަން ގްރޫޕުން އޮޕަރޭޓްކުރާ އެއާލައިންގެ ފްލީޓްގައި އޮންނަނީ 50 ބޯޓެވެ.

އޮމާން އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، މިހާރު ވެސް ރާއްޖެ އަށް ބޭރުގެ 35 އެއާލައިނަކުން އަންނަނީ ދަތުރުތަައް ބާއްވަމުންނެވެ.