ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް އައްޑޫގައި ގާއިމުކުރަން ނިންމުމާ ގުޅިގެން އެތަނުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން ދެ މަގާމަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެއީ ލޭބާ ރިލޭޝަންސް އޮފިސަރުގެ މަގާމަށާއި އެސިސްޓަންޓް އިންސްޕެކްޝަން އޮފިސަރުގެ މަގާމަށެވެ. މި ދެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ އިއުލާންކުރި ދެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ލޯ، ޝަރީއާ އެންޑް ލޯ، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނެސް މެނޭޖްމަންޓް/ބިޒްނެސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ލެވެލް 4 ގެ ސަނަދެއް އޮތުން ހިމެނޭ ކަމަށެވެ.
ލޭބާ ރިލޭޝަންސް އޮފިސަރުގެ މަގާމުގެ މުސާރަ އަކީ 5،610ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 4،663ރ. ލިބޭނެ އެވެ. އެސިސްޓަންޓް އިންސްޕެކްޝަން އޮފިސަރުގެ މުސާރަ އަކީ 5،020ރ. އެވެ. އަދި އެލަވަންސަކީ މަހަކު 3،957ރ. އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމުކުރަން ނިންމާފައި ވަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި އެ ދެ ފަރާތުން ސޮއިކުރީ މިދިޔަ މަހުގެ 30 ގަ އެވެ.