Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

"ތޫ ޖޫޓީ" 25 ގައި ސޮނީ މެކްސް އަށް

މާޗް މަހު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" މި މަހުގެ 25 ގައި ސޮނީ މެކްސް އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޕްރޮމޯތަކެއް ވެސް ދައްކަން ފަށައިފި އެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ކާމިޔާބު މި ފިލްމަކީ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު ރޮމޭންޓިކް ކޮމެޑީއެކެވެ މީގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން އެވެ.

މާޗް މަހުގެ 8 ގައި ރިލީޒުކުރި "ތޫ ޖޫޓީ މޭ މައްކާރް" އަކީ ބޮކްސް އޮފީހުގައި 220.1 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެއްޗެކެވެ. ފިލްމު ހެދީ 200 ކްރޯޑް (24.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ފިލްމު ޓީވީން ބެލުންތެރިން ބަލާލަން ދޫކޮށްލާ އިރު، މިދިޔަ މަހު "ތޫ ޖޫޓީ މޭ މައްކާރް" ވަނީ ނެޓްފްލިކްސް އިން ވެސް ޕްރީމިއާކޮށްފަ އެވެ.