އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ސިފައިން ކުރަހަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރެހުމުގެ ހުނަރު ދަސްކޮށްދޭން އިއްޔެ ފެށި ޕްރޮގްރާމްގައި 60 ދަރިވަރުން ބައިވެރިވާ ކަމަށެވެ. މިއީ އަރަބިއްޔާ ސްކޫލްގެ އެދުމަކަށް ސިފައިން ހިންގައިދޭ ޕްރޮގްރާމެކެވެ.

އެގޮތުން ދަރިވަރުންނަށް ކުރެހުމުގެ ކުލާސްތައް ނަގައި ދެނީ އެމްއެންޑީއެފްގައި ކުރެހުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުނަރުވެރި ދެ ފަންނުވެރިން ކަމަށްވާ ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީ އާއި ލާންސް ކޯޕްރަލް ޙަސަން ޖިހާދެވެ.

ކުރެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކުލާސްތަކުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އޮބްޒަވޭޝަން އާޓާއި ޕެންސިލް ސްކެޗިން އާއި ޝޭޑިންގެ އިތުރުން ޑްރޯވިން ޓެކްނީކްސް އަދި ބައެއް ޓިޕްސް ހިމެނެ އެވެ.