Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

އެންމެ ހަނދާން ހުންނަނީ ބަގަތު ސިންގުގެ ރޯލު

މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އެހާ ދުވަސްވީ އިރު ވެސް އެންމެ ހަނދާން ހުންނަނީ މީގެ 21 އަހަރު ކުރިން ރިލީޒްކުރި ވަތަނީ ފިލްމު "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" ގައި ކުޅުނު ކެރެކްޓާ ކަމަށް އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

ޖޫން 7، 2002 ގައި ރިލީޒްކުރި އެ ފިލްމުގައި އަޖޭ ކުޅުނީ އިންޑިއާގެ މިނިވަން ކަމަށްޓަކައި ގުރުބާންވި ގައުމީ ބަތަލު ބަގަތު ސިންގުގެ ރޯލެވެ. ބޮޑު ކާސްޓަކާ އެކީ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ގެނެސްދިން "ދަ ލެޖެންޑް އޮފް ބަގަތު ސިންގު" އަކީ އަޖޭ އަށް މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އަދި އެ ފިލްމަކީ އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑް ވެސް ހޯދި އެއްޗެކެވެ.

"ދަ ލެޖެންޑް އޮފް ބަގަތު ސިންގް" ރިލީޒްކުރިތާ މިއަދަށް 21 އަހަރުވުމާ ގުޅިގެން އަޖޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ އޭގައި ރޯލު ކެރެކްޓާ އަކީ އެންމެ ހަނދާން ހުންނަ ރޯލު ކަމަށެވެ. އަދި ބަގަތު ސިންގްގެ ރޯލަށް ވަރަށް ތައްޔާރުވި ކަމަށާއި އެއީ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށް ހުނަރުވެރި އެކްޓަރު ބުންޏެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަޖޭގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓްކޮށް، ކުޅެ މާޗްގައި ގެނެސްދިން "ބޯލާ" އެވެ. އަދި އޭނަގެ ކުރިއަށް ފިލްމަކީ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ "މައިދާން" އެވެ.