ރިޔާސީ އިންތިހާބަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެނިފެސްޓޯ ލޯންޗްކުރުމަށް މިރޭ ހަފްލާއެއް ބޭއްވުމަށް ނިންމައިފިއެވެ.
"އުޖާލާ ޒަމާން"ގެ ނަން ދީފައިވާ މެނިފެސްޓޯ ލޯންޗް ކުރުމަށް ބާއްވާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ދަނގެތީ ދާއިރާގެ މެންބަހު މުހައްމަދު ނާޒިމެވެ. ނާޒިމަށް ރަސްމީކޮށް ޓިކެޓް ހަވާލު ކުރުމަށް ކުލަގަދަ ހަފްލާއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް ވާދަކުރައްވައެވެ. އަދި އިދިކޮޅު ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށެވެ.