Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފޮޓޯ: ނިޝާން އަލީ / މިހާރު

ހުޅުމާލެ ފޭސް2 އާ ދިމާލުން ކަނޑުމަތިން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ޖޫން 6 ވަނަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެމީހާއަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަލޮޅު މޯޗަރީގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށެވެ.

މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.