Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

54 ސޮޔާ އެކީ ނަޝީދު ވަކިކުރަން ހުށަހަޅައިފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ. ރައީސް ނަޝީދު ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބަވައެވެ.

މިމައްސަލައިގައި ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 މެންބަރުންނާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެއް މަދުނޫންް އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ. މި ޤާރާރު ފޮނުވާ ލިޔުމުގައި މަގާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.