Last Updated: April 25, 20:04
Thursday, April 25, 2024
މުނިފޫހިފިލުވުން

"ތަފާތުވާނެ މަމީ ނީނާ"

މީގެ ކުރިން ދިވެހި ފިލްމަކުން ފެނިފައި ނުވާ ފަދަ ތަފާތު އަންހެން ކެލްކްޓާއެއް ބެލުންތެރިންނަށް ދަައްކައިލާނެ ފިލްމު "ނީނާ" އާ ޓީޒާ ޓްރެއިލާއެއް މިއަދު އާންމުކޮށްފި އެވެ.

މި އަހަރުގެ އޮގަސްޓް 6 ގައި އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. "ނީނާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އިއްލެގެ ފުރަތަމަ ފީޗާ ފިލްމު 2019 ގެ "ބަވަތި" ގެ ވެސް ބަތަލާ ނުޒުޖަތު ޝުއައިބް (ނުޒޫ) އެވެ. އެކަމަކު އެ ފިލްމާ ހިލާފަށް "ނީނާ" ގައި އޭނަ ފެނިގެން ދާނ މުޅިން ތަފާތު ކެރެކްޓާއަކުންނެވެ.

ޓީޒާގެ ބޮޑު ބައިގައި ފެންނަނީ "ނީނާ" ގެ ތަޅާފޮޅުންތަކާއި ހަރުކަށި ޑައިލޮގްތަކާއި އޭނަގެ ޖެހިލުން ކުޑަކަމެވެ. އެހެންވެ މީގެ ތަންކޮޅެއްގައި ނީނާ ބުނާހެން "ނީނާ" ތަފާތުވާހެން މިއީ ދިވެހި ސިނަމާ އިން ވެސް ތަފާތެއް ފެންނާނެ ފިލްމަކަށް ވާނެ އެވެ.

މި ފިލްމުގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގު، ނަތާޝާ ޖަލީލު އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ރަޝީދާ (މަރަދޫ މަރިޔަމް ރަޝީދާ) ހިމެނެ އެވެ.