Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ކަހާނީ ގަރް ގަރް ކީ" އަލުން ޓީވީ އަށް

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވި އިންޑިއާގެ ސިލްސިލާއެއް ކަމަށްވާ "ކަހާނީ ގަރް ގަރް ކީ" އަލުން ގެނެސްދޭން ނިންމައިިފި އެވެ.

މިއަދުން ފެށިގެން ސްޓާ ޕްލަސް އިން އެ ސިލްސިލާ ގެނެސްދޭން ނިންމުކަން އިއުލާންކުރީ ޕްރޮޑިއުސަރު އެކްތާ ކަޕޫރް އިއްޔެ ފާހަގަކުރި 48 ވަނަ އުފަން ދުވަވާ ދިމާކޮށެވެ. ސްޓާ ޕްލަސް އިން "ކަހާނީ ގަރް ގަރް ކީ" ގެ އެޕިސޯޑްތައް މިއަދުން ފެށިގެން ދައްކާނީ ރާއްޖެ ގަޑިން ހަވީރު 5:30 އެވެ.

މި ސިލްސިލާ އަކީ އެ ޗެނެލުން 2000-2008 އަށް ގެނެސްދިން އެއްޗެކެވެ. އެގޮތުން "ކަހާނީ ގަރް ގަރް ކީ" ގެ 1،661 އެޕިސޯޑް ގެނެސް ދީފައިވެ އެވެ. ބޮޑު އާއިލާއެއްގެ ތެރޭގައި ހިމެނޭ މި ސިލްސިލާގެ ކާސްޓްގައި އެންމެ ނަގާ ކިޔާ އެކަކީ ކާމިޔާބު އެތައް ސިލްސިލާއެސއް ކުޅެފައިވާ ސާކްޝީ ތަންވަރު އެވެ.

"ކަހާނީ ގަރް ގަރް ކީ" އަލުން ބެލުންތެރިންނަށް ގެނެސްދޭން ނިންމި އިރު، އެކްތާ ސްޓާ ޕްލަސް އަށް 2000-2008 އަށް ގެނެސްދިން މަޝްހޫރު ސިލްސިލާ "ކިޔު ކީ ސާސް ބީ ކަނީ ބަހޫ ތީ" ވެސް ދާދި ފަހުން ސްޓާ ޕްލަސް އިން ގެނެސްދީފައިވެ އެވެ. އަދި އޭނަގެ ވަރަށް މަޝްހޫރުވި ސިލްސިލާއެއް ކަމަށްވާ "ކަސޯޓީ ޒިންދަގީ ކީ" ގެ އާ ސީޒަނެއް ވެސް އާ ކާސްޓަކާ އެކީ 2018-2020 އަށް ސްޓާ ޕްލަސް އިން ގެނެސް ދީފައިވެ އެވެ.